ވިޔަފާރި
އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަންގައި އަށް ނަސީބުވެރިން ހޮވައިފި
އުރީދޫ މޯލްޑިވްސް ކުރިއަށް ގެންދާ "ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ" ޕްރޮމޯޝަންގައި 8 ނަސީބުވެރިން ހޮވައިފި އެވެ.

އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮމޯޝަނުގައި ޖުމުލަ 30 ސައިކަލު ކަސްޓަމަރުންނަށް ލިބޭއިރު، އަދި 22 ސައިކަލެއްގެ ނަސީބުވެރިން ހޮވުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އުރީދޫ ހުރިހާ ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. އުރީދޫ އަކީ ރާއްޖޭގެ 60 ޕަސަންޓު ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.

އެ ކުންފުނިން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭއިރު، ލިބޭ ސައިކަލުތަކުގެ ތެރޭގައި ހިމެނެނީ:

• އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

• އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

• ޕީސީއެކްސް160 (ކަޅު ކުލަ)

އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކޮށްގެންނާއި، އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކޮށްގެން އެކްޓިވް ކަސްޓަމަރަކަށް ވުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕޭންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު