ޚަބަރު
ތުރުކީއަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
ތުރުކީވިލާތުގެ ވެރިރަށް އަންކާރާގެ ކައިރީގައި ހުންނަ ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި އެވެ.

ޓެރަރިސްޓުންގެ މި ހަމަލައާއި ގުޅިގެން ރައީސް މުއިއްޒު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖުގައި ވަނީ މި ހަމަލާ ކުށްވެރިކުރައްވައި މި ހަމަލާއާ ގުޅިގެން ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސްގެ މެސެޖުގައި ވަނީ މި ހަމަލާގެ ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާފަ އެވެ. އަދި ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރައްވާފައިވެ އެވެ.

މި މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުން ތިބީ ތުރުކީގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. 

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އަންކަރާ ކައިރީގައި އޮންނަ އޭވިއޭޝަން ކުންފުންޏެއްގެ މައި އޮފީހުގެ ބޭރުގައި ގޮވުމެއް ގޮވައި އެތައް ބަޔަކު މަރުވެފައިވެއެވެ.

އެންޓީވީ ޗެނަލުން ފުރަތަމަ ދައްކާފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި އަންކާރާއިން ބޭރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައި އޮންނަ ތުރުކީވިލާތުގެ އެއަރޮސްޕޭސް އިންޑަސްޓްރީސް (ޓީއޭއައި)އަށް ވަންނަ ދޮރުމަތީގައި ބޯ ދުންގަޑެއް ފެނެއެވެ. އަދި ބަޑީގެ އަޑު އިވުނު ކަމަށްވެސް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބީބީސީން ބުނީ އެ ގޮވުން ގޮވާފައިވަނީ އެތަނުގެ މުވައްޒަފުންގެ ޑިއުޓީ ބަދަލުވި ވަގުތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު