ޚަބަރު
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ފެންނަ ކަމަށް 75 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅުއްވީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ މުހިއްމު ބައިތައް

- ޕީއެސްއައިޕީ: ދެ ބިލިއަން ރުފިޔާ

- ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް): އެއް ބިލިއަން ރުފިޔާ

- ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ

- ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ

- ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ

- އެންސްޕާ: 263 މިލިއަން ރުފިޔާ

- މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ

- މުސާރަ: 24 މިލިއަން ރުފިޔާ

ސަބްސިޑީގެ ހަރަދުތައް އިތުރުވީ، ކުރިން ބަޖެޓުގައި ކަނޑައަޅާފައިވާ ރިފޯމާ އެއްގޮތަށް ހަރަދުތައް ކުޑަކޮށްފައި ނުވާތީ އެވެ. ކުރިން ބަޖެޓުގައި ސަބްސިޑީއަށް ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާ ކަމަށް ވީ ނަމަވެސް، ސަޕްލިމެންޓްރީ ބަޖެޓާއެކު އެ އަދަދު 3.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

މި އަހަރުގެ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓު ހޭދަކުރަނީ ރިކަރަންޓް ހަރަދުތަކަށެވެ. ސަޕްލިމެންޓްރީ ބަޖެޓާ އެކު ޖުމްލަ ރިކަރަންޓް ހަރަދު 36.4 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި ކެޕިޓަލް ހަރަދު ނުވަތަ ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ 15 ބިލިއަން ރުފިޔާ އިން 19 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު