ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނިއުޝާ، ފިލްޒާ އަދި ތޮލްހަތު އިތުރު ދައުރަކަށް އައްޔަނުކޮށްފި
އަލީ ރާޒީ
02 ޑިސެމްބަރ 2024 - 12:35
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަގާމުގައި ހުންނެވި ފާތިމަތު ނިޔުޝާ އާއި ކައުންސެލް ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު ފިލްޒާ އަދި ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވީ މޭޖަ (ރޓޑ) ތަލްހަތު ހަސަން އެ މަގާމަށް އަލުން އައްޔަންކޮށްފި އެވެ.
ނިޔުޝާ އާއި ފިލްޒާ އަދި ތަލްހަތު މަގާމަށް އަލުން އައްޔަން ކުރެއްވުމުން ވަނީ އަހުދުގެ ލިޔުމުގައި ސޮއިކުރައްވާފަ އެވެ.
އެ ބޭފުޅުން މަގާމުގައި ބަހައްޓަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
އެދުވަހުގެ ޖަލްސާގައި ނެގި ވޯޓުގައި އަމީންއާއްމު، ނިއުޝާގެ މަގާމު ދަމަހައްޓަން 79 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި ކައުންސެލް ޖެނެރަލް، ފިލްޒާއާއި ސާޖެންޓް އެޓް އާމްސް، ތޮލްހަތުގެ މަގާމު ދަމަހައްޓަން 80 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އެއަށްފަހު މިއަދު މަޖިލިސް އިދާރާގައި އޮތް ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުން ވަނީ އަހުދުގެ ލިޔުމުގައި ސޮއިކުރައްވާފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި އެ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ ދައުރު ހަމަވުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހިނގަމުންދާ މަޖިލީހުގެ އަމީންއާންމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަންކުރަންވާނެއެވެ.
ފިލްޒާ ކައުންސެލް ޖެނަރަލް ކަމަށް އައްޔަން ކުރީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި 70 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ފިލްޒާ ވަނީ ބަންޑާރަ ނައިބުގެ އޮފީހުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ.
މޭޖާ ރިޓަޔާޑް ތަލްހަތަކީ އެމްއެންޑީއެފްގައި 21 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ޚިދުމަތުން އޭނާ ރިޓަޔާ ކުރެއްވީ 15 ޖެނުއަރީ 2020 ގައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
1 މަސް ކުރިން
0
މިނިސްޓަރު އަމީނަށް އިތުބާރު އޮތް ކަަމަށް ފާސްކޮށްފި
1 މަސް ކުރިން
0
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި
1 މަސް ކުރިން
0
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު އަނބުރާ ކޮމިޓީއަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކުލި ނުދައްކާ ފުލެޓުތަކަށް ނޯޓިސް ފޮނުވަން ފަށައިފި
4 ގަޑިއިރު ކުރިން
0
ޓެކާސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފި
5 ގަޑިއިރު ކުރިން
0
އޮގަސްޓް 30 އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ
5 ގަޑިއިރު ކުރިން
0
މަސްތުވާތަކެއްޗާ އެކު 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން
0