ޚަބަރު
ލިޔެކިޔުން ފޯޖުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައިގައި ތަހުގީގު ކުރަމުންދަނީ ޑޮކިއުމަންޓްތަކެއް ފޯޖް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މި ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ.

"މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް،" ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށައިފައިވާ ކަމަށް އިއްޔެ ފުލުހުން ބުނެފައިވެ އެވެ.

އެ ތަހުގީގަށް އެހީތެރިވުމުގެ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ ފަޒުލް ސަސްޕެންޑުކޮށްފައެވެ. އަދި އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ބޯޑުން ވެސް ވަނީ ތަހުގީގަށް އެހީތެރިވުމުގެ ގޮތުން ފަޒީލް ސަސްޕެންޑުކޮށްފައިވާކަން ހާމަކޮށްފަ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

ގެދޮރުވެރިޔާ ސްކީމުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 15،000 އަށްވުރެ ގިނަ މީހުނަށް ފުލެޓު ދިނުމަށް އެމްޑީޕީ ސަރުކާރުން އޮތީ ނިންމައިފައެވެ. އޭގެ ތެރެއިން ފުރަތަމަ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓެއް އެމްޑީޕީ ސަރުކާރުގައި ނެރުނު ނަމަވެސް، އެ ލިސްޓުން މައްސަލަތަކެއް ފާހަގަވެ، އޭސީސީން މައްސަލަ ބަލާތީ ފުލެޓު ދިނުން ލަސްވި އެވެ.

އެ މައްސަލަތަކާ ގުޅޭ ގޮތުން ގޮތް ނިންމަން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުން، ފުލެޓު ލިސްޓު މުރާޖާ ކުރަން ކޮމިޓީއެއް އެކުލަވައިލީއެވެ. އެ ކޮމިޓީން ބަލައި، ލިސްޓު އާންމުކުރަން އެންމެ ފަހުން ދިން ތާރީޚަކީ މިދިޔަ މަހުގެ 16 ކަމަށްވާއިރު، އެ ތާރީޚަށް ވެސް މަސައްކަތްތައް ނުނިމި މިހާރު ފުލެޓު ލިބޭ ފަރާތްތައް ކަށަވަރު ވާނެ ދުވަހެއް އޮތީ ނޭނގިފަ އެވެ.

ގޯއްޗާއި ފްލުޓު ދިނުން ލަސްވާތީ ނުރުހުން ފާޅުކޮށް، މާލޭގައި މީގެ ކުރިން މުޒާހަރާތައް ވެސް ބާއްވާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު