ޚަބަރު
ހައުސިން އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައިފި
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު އުވައިލައްވައި، ވަޒީރުންގެ މަޖިލީހުގެ ޕޯޓްފޯލިއޯތަކަށް ބޮޑެތި ބަދަލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންނަވައިފި އެވެ. 

ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ދެން ހުންނަވާނީ އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗާ މިނިސްޓަރަކަށެވެ. ކެބިނެޓަށް މި ބަދަލު ގެނައިއިރު، އޭނާ ހުންނެވީ އެ މިނިސްޓްރީގައި ކުރިން އިންނެވި ޑރ. އައިޝަތު ރަމީލާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވެ.

ދެ މިނިސްޓްރީ އެއްކޮށްލައި ހައިދަރާއި މާރިޔާގެ މިނިސްޓްރީ ބަދަލުކުރި ސަބަބެއް އަދި ނޭނގެ އެވެ. މި ބަދަލުތައް މި ގެނައީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހުންނަ އިމާރާތް އަނދައި އަޅިއަށް ވުމުގެ ހާދިސާ ހިނގިތާ ދެ ހަފުތާ ފަހުންނެވެ. އަދި ބިންވެރިޔާ ގޯތިތަކެއްގެ މައްސަލަ ފެންމަތިވުމާއި ގެދޮރުވެރިޔާ ލިސްޓު އިއުލާންނުކުރެވި އާންމުންގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ސަރުކާރުގައި ކުރިން 22 ވުޒާރާ ހިމެނެއެވެ. އެކަމަކު، ވަޒީރުންގެ މަޖިލީހަށް މިއަދު ގެނައި ބަދަލުތަކާ އެކު އެއް ވުޒާރާ އުވޭނެއެވެ.

ރައީސް މުއިއްޒު މިއަދު ވަޒީރުންގެ މަޖިލީހަށް ގެންނެވި މައިގަނޑު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

  • ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލެއްވުން; އެ މިނިސްޓްރީގެ ހިންގުން ހަވާލުކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މުއްތަލިބާ
  • ފިނޭންސް މިނިސްޓްރީގެ މެންޑޭޓަށް ކުރިން ހައުސިން މިނިސްޓްރީގެ ދަށުން ހިންގި ޕްލޭނިންގެ މަސައްކަތް ބަދަލުކުރެއްވުން
  • ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަލީ ހައިދަރު، ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމަށް ބަދަލުކުރެއްވުން
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާ، އެގްރިކަލްޗާ މިނިސްޓަރުކަމަށް ބަދަލުކުރެއްވުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު