އެފްއެސްއެމްގެ ތެޔޮ ބޯޓެއް ނިލަންދޫ ފަރަށް އަރައިފި
އަލީ ރާޒީ
05 ޖެނުއަރީ 2025 - 10:21
0 comments
އެފްއެސްއެމްގެ ތެޔޮ ބޯޓެއް ނިލަންދޫ ފަރަށް އަރާފައި--ފޮޓޯ: ނިލަންދޫ ކައުންސިލް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮބޯޓެއް ގއ. ނިލަންދޫ ހުޅަނގު އުތުރު ފަރާތު ފަރަށް މިއަދު އަރައިފި އެވެ.އެ ރަށުން ކައުންސިލުން ބުނީ އެ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބުމާ އެކު އެކަން ކަމާ ބެހޭ ފަރާތްތަކަށް ހިއްސާކޮށްފައިވާ ކަމަށެވެ.މި ހާދިސާ އާ ގުޅޭ ގޮތުން އެފްއެސްއެމްގެ ބަހެއް އަދި ނުލިބެ އެވެ.އެފްއެސްއެމްގެ ތެޔޮ އުފުލާ އެ ބޯޓަކީ އަތޮޅު ތެރޭގައި ރަށްތަކަށް ތެޔޮ ހިފައިގެން ދަތުރުކުރާ ބޯޓެކެވެ.
ކިޔުންތެރިންގެ ޝުއޫރު