ބްރޯޑްކޮމްގެ ރައީސަކަށް ސަފާ އިންތިހާބުކޮށްފި
މަރިޔަމް އަނާ
22 ޖެނުއަރީ 2025 - 17:59
0 comments
ޞަފާ ޝަފީގު: އޭނާ ވަނީ ބްރޯޑްކޮމްގެ ރައީސް ކަމަށް އައްޔަންކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ސަފާ ޝަފީގް އިންތިހާބުކޮށްފި އެވެ.ބްރޯޑްކޮމްގެ ރައީސް ކަމަށް ޞަފާ އައްޔަންކޮށްފައިވަނީ މިއަދު އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި، ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.ބްރޯޑްކޮމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު މިދިޔަ ޑިސެމްބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ.ބްރޯޑްކޮމްގައި ހަތް މެންބަރުން ތިއްބަވާއިރު ކޮންމެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.މަރިޔަމް ވަހީދާގެ އިތުރުން ކޮމިޝަނުގެ މެމްބަރު އަލީ ޔޫސުފްގެ ދައުރު ހަމަވެފައިވާތީ އެ މަގާމަށް ދެ މެންބަރުން އިއްޔެ ވަނީ އައްޔަނުކޮށްފަ އެވެ. އެއީ ކޮމިޝަންގެ ކުރީގެ މެންބަރުކަން ކުރެއްވި އައިމިނަތު ސަރާހަތު އިއްޒަތު އާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އެވެ.މި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކިޔުންތެރިންގެ ޝުއޫރު