ބީއެމްއެލްއިން ސަލާޙުއްދީނާއި ހިރިޔާ ސްކޫލުގެ ސެން ކްލާސް ތަރައްގީކޮށްފި
އަހުމަދު ނިހާން
24 ޖެނުއަރީ 2025 - 18:53
0 comments
ބީއެމްއެލްއިން ސަލާޙުއްދީނާއި ހިރިޔާ ސްކޫލްގެ ސެން ކްލާސް ތަރައްގީކޮށްފި -- ފޮޓޯ/ ބީއެމްއެލް
މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން،ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމުތައް ތަރައްގީ ކޮށްފިއެވެ.ބީއެމްއެލް އިން ބުނީ އެ ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާއެކު މި ދެ ސްކޫލްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 200 ވަރަކަށް ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.މި ދެ ސްކޫލަށް ބޭންކުން ފޯރުކޮށްދިން އެހީގެ ތެރޭގައި ކްލާސްރޫމްތައް މަރާމަތުކުރުމާއި ކުދިން އުނގެނުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދެވުނު ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މި ކްލާސްރޫމްތަކަށް ހަދިޔާކުރެވެނު ތަކެއްޗަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށް ބޭންކުން ބުނެ އެވެ.ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވެއެވެ. ބޭންކުން ވަނީ އިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމުކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓާ ލެބް ތަރައްގީކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ޝުއޫރު