މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބީއެމްއެލްއަށް 2.1 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް
ހަސަން ހަލީމް
29 ޖެނުއަރީ 2025 - 14:15
0 comments
ބޭންކް އޮފް މޯލްޑިވްސް -- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބނީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހްންވެ މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅައިބަލާއިރު 47 ޕަސެންޓުގެ އިތުރުވުމެކެވެ.
އޮޑިޓް ނުކުރާ މާލީ ހިސާބުން ދައްކާ ގޮތުން ސާފު ފައިދާ އިތުރުވެފައިވަނީ ޕްރޮވިޜަންގެ ގޮތުގައި ބެހެއްޓިފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމުމުންނެވެ.ހަތަރު ވަނަ ކުއާޓަރުގައި ބީއެމްއެލް
- މުޅި އަހަރުގެ ސާފު ފައިދާ 2.1 ބިލިއަން ރުފިޔާ
- ސާފު ފައިދާ 2023 އަށްވުރެ 4% އިތުރު
- ޖުމްލަ އެސެޓް 2023 އަށްވުރެ 3 ބިލިއަން އިތުރު
- ބެޏްކުން ދޫކުރަމުންދާ ލޯނުގެ ފެންވަރު ރަނގަޅު އަހަރެއް
- މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަންގެ އައު ލޯނު
- ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނީ މިންގަނޑުން މަތީގަ
ބީއެމްއެލްއިން މިދިޔަ ކުއާޓަރުގައި ހިންގި ބައެއް މުހިންމު މަޝްރޫއުތަކުގެ ތެރޭގައި މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ފެށި 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއު ހިމެނެ އެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއު ހިންގަން ދޫކުރާ 'ބޭންކު ފަންޑު' ލިބޭ ފަސް ފަރާތެއް ވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހޮވާފައިވެ އެވެ.މިދިޔަ އަހަރުގެ މި ކުރިއެރުމާ ބެހޭ ގޮތުން ބޭންކުގެ ފުރަތަމަ ދިވެހި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ މި ކުރިއެރުން ލިބިފައިވާތީ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 150 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިނގ ހިދުމަތާއެކު އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންނެވެ.
ކިޔުންތެރިންގެ ޝުއޫރު