ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
މިދިޔަ ހަފުތާގައި މަސްވެރިންނަށް 35.5 މިލިއަން ރުފިޔާ ދޫކުރި
އަހުމަދު ނިހާން
09 ފެބުރުއަރީ 2025 - 19:49
0
comments
Tweet
Telegram
މިދިޔަ ހަފުތާގައި މިފްކޯއަށް މަސް ކިރުވި ދޯނިތަކަށް 35.5 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ ފަހު ހަފުތާއާ އަޅާބަލާއިރު މިދިޔަ ހަފުތާގައި އެ ކުންފުންޏަށް މަސް ކިރުވި ދޯނީގެ އަދަދާއި ދޫކުރި ފައިސާ ވަނީ އިތުރުވެފަ އެވެ.
މިފްކޯ އިން ހާމަކުރި ގޮތުގައި ޖެނުއަރީ މަހުގެ ފަހު ހަފުތާގައި މަސްވެރިންނަށް ދޫކުރީ 16.9 މިލިއަން ރުފިޔާ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ ފަހު ހަފުތާގައި މަސް ކިރީ 309 ދޯންޏަކުންނެވެ. ނަމަވެސް މިދިޔަ ހަފުތާގައި 452 ދޯންޏަކުން މަސް ކިރާފައިވާ ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ.
މިފްކޯގެ އާ އުސޫލުގެ ދަށުން މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހަކީ މިފަހުން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަހެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިން ކިރުވި މަހަށް 6.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މިފްކޯއަށް މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ދުވަސް ކުރިން
0
ރާއްޖޭގެ މަސް އެކްސްޕޯޓް 49 ޕަސަންޓް ދަށަށް
17 ދުވަސް ކުރިން
0
މިފްކޯއިން މަސްވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފި
29 ދުވަސް ކުރިން
0
މިފްކޯގެ ސީއެފްއޯ އިލްޔާސް މަގާމުން އިސްތިއުފާ ދެއްވައިފި
1 މަސް ކުރިން
0
ރޯދަމަހު ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
1 ގަޑިއިރު ކުރިން
0
ރަމަޟާން އިނާޔަތް މިމަހުގެ 20ގެ ކުރިން ދިނުމަށް އަންގައިފި
5 ގަޑިއިރު ކުރިން
0
ރިސޯޓު މުވައްޒަފުންނަށް ތުނބުޅިމަތިމަސް ބެހެއްޓޭ ގޮތް ހަދަނީ
5 ގަޑިއިރު ކުރިން
0
ޓެކްސީ ހިދުމަތް ދޭކަށް ސަރުކާރުން ނޫޅޭ: ފަލާހް
5 ގަޑިއިރު ކުރިން
0