ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ރިސޯޓުތަކުން ހިންގާ ތިމާވެށީގެ މަޝްރޫއުތަކަށް ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
އަހުމަދު ނިހާން
10 ފެބުރުއަރީ 2025 - 11:23
0
comments
Tweet
Telegram
ރިސޯޓުތަކުން ހިންގާ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށްޓާ ގުޅުން ހުރި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'ގްރީން ރިސޯޓް ފައިނޭންސިން' ތައާރަފްކޮށްފި އެވެ.
ރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ޖަލްސާގައި، މި ހިދުމަތް ތައާރަފު ކޮށްދެއްވީ، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާ އެކު، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ޗަމްޕާ ހުސައިން އަފީފެވެ.
ބީއެމްއެލް އިން ބުނީ ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން، ރިސޯޓު ހިންގާ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެނާޖީ އެފިޝެންޓް އިކުއިޕްމެންޓް ހޯދުމާއި ރީފޮރެސްޓްރޭޝަން އަދި ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް ރިސޯޓުތަކުން ބޭނުންވާ ފައިނޭންސް ފޯރުކޮށްދޭނެ ކަމަށެވެ.
ބީއެމްއެލްއިން ބުނީ، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި އެނާޖީ އެފިޝެންޓް އިކުއިޕްމެންޓް ހޯދުމަށާއި ގަސް އިންދުމަށާއި ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން ރިސޯޓުތަކަށް ފައިނޭންސް ފޯރުކޮށްދޭނެ ކަމަށެވެ.
ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީއަކީ 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަޑްރާފްޓް ކުރެވޭ ފެސިލިޓީއެކެވެ. އެ ޚިދުމަތުގެ އިންޓްރެސްޓް ރޭޓަކީ 6.5 ޕަސެންޓެވެ.
މީގެ އިތުރުން ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާއިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތަކެއް ލިއްބައިދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދުޝަރީފް ވިދާޅުވީ ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވާން އަހަންމިއްޔަތުކަން ދޭ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަދަ ބޭންކިން ހިދުމަތްތަކާއި ފައިސާ ބަލައިގަތުމުގެ އެންމެ ޒަމާނީ ހައްލުތައް ހޯދައިދޭން ބީއެމްއެލް ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ހާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމްކުރުމާ އެކު ހިންގުމުގެ ހަރަދުތައް ފަސޭހައިން މެނޭޖްކުރެވޭނެ ފައިނޭންސިންއެއް ހޯދައިދިނުމަށް،" ޝަރީފް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
15 ގަޑިއިރު ކުރިން
0
ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް ބީއެމްއެލްއިން ދޫކުރާ ލޯން ސްކީމްތަކަށް ހެޔޮ ބަދަލުތަކެއް
22 ގަޑިއިރު ކުރިން
0
ރޯދަ އުމްރާއަށްދާ މީހުންގެ ޑެބިޓްކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަނީ
8 ދުވަސް ކުރިން
0
ބީއެމްއެލްގެ ރޯދަ ޕްރޮމޯޝަން ރަން ފުރުސަތު ރެޑް ވޭވްއާއެކު ފަށައިފި
13 ދުވަސް ކުރިން
0
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބީއެމްއެލްއަށް 2.1 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކެނެޑާ އާއި މިސްރަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަންކުރަން މަޖީލީހަށް ފޮނުވައިފި
2 ގަޑިއިރު ކުރިން
0
އޭސީސީގެ ނައިބުރައީސަކަށް އަހުމަދު ނާޝިދުގެ ބަދަލުގައި އަބްދުﷲ ނާޝިދު
2 ގަޑިއިރު ކުރިން
0
ހަޔާތުގެ ގިނަ ވާހަކަތަކާ އެކު ގާސިމްގެ ބަޔޮގްރަފީ ފޮތް ނެރެފި
2 ގަޑިއިރު ކުރިން
0
މިއީ ކިއުގައިޖެހިގެން މަސްކިރުވާނެ އެންމެ ފަހު އަހަރު: ޝިޔާމް
2 ގަޑިއިރު ކުރިން
0