ޚަބަރު
ބައްޔެއް ޖެހި މަރުވެފައިވާ ކޮތަރު މާލޭން ފެންނާތީ، ތަހުލީލު ކުރަން ފަށައިފި
މަރުވެފައިވާ ކޮތަރެއްގެ ސާމްޕަލް ނަގަނީ. --ފޮޓޯ: އެނިމަލް ވެލްފެއާ މިނިސްޓްރީ
މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން ބަލި ކޮތަރު ފެންނަ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާތީ ސަބަބު ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޖަނަވާރުތަކާ ބެހޭ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްގެން، ކޮތަރުތައް ބަލިވެ ނޫނީ މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އަދި މިކަމުގެ ދެނެގަނެވުނުހާ އަވަހަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮތަރުތަކަށް އެކަން ދިމާވި ސަބަބު ދެނެގަނެވުނުހާ އަވަހަކަށް ތަފްސީލު އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެތަނުން ބުނިގޮތުގައި ކޮތަރުތައް ބަލިވެ ނޫނީ މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެކަން ދެނެގަނެވުނުހާ އަވަހަކަށް އެކަމުގެ ތަފްސީލު ދޭނެ ކަމަށް ބުންޏެވެ.

އެ މިނިސްޓްރީން އާއްމު ކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ކޮތަރުތަކުގެ އަނގަ އާއި ގައިގާ ބައްޔެއް ފާޑުގެ އެއްޗެއް ވަނީ އަޅައިފަ އެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް މިގޮތަށް މާލޭގައި ވަރަށް ގިނައިން ކޮތަރު މަރުވި އެވެ. އޭރު އެންމެ ގިނައިން ކޮތަރު މަރުވެ ނުވަތަ ބަލިވެފައި ތިއްބާ ފެނުނީ ޖުމްހޫރީ މައިދާނުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު