ޚަބަރު
އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް
އައްޑޫގައި ހިނގި އަލިފާނުގެ ހާދިސާ: އެ ގެ ވަނީ އަނދާ ހުލިވެފައި -- ފޮޓޯ/ މުހައްމަދު ރަޝީދު
ރައްޔިތުން މަޖިލީހުގެ އައްޑޫ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ ގެ އަލިފާނުގެ ހާދިސާއެއްގައި އަނދާ ހުލިވެއްޖެ އެވެ. 

ސިފައިން ބުނީ، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ފަތިހު 05:11 އެހާކަންހާއިރު ކަމަށެވެ.

އެ ގޭގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު 08:05 އެހާކަންހާއިރު ކަމަށް ސިފައިން ބުންޏެވެ. އެ ގެއަކީ މީހުން ދިރިއުޅެމުން އައި ގެއެއް ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ސިފައިން ބުންޏެވެ.

ހާދިސާއާ ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ކުރީގެ މެންބަރު މުހައްމަދު ރަޝީދު ބުނީ އަލިފާނުގެ ހާދިސާގައި އޭނާ ދިރިއުޅެމުން އައި ގެ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ. އެ ގޭގައި ހުރި އެއްވެސް އެއްޗެއް ސަލާމަތްނުކުރެވުނު ކަމަށް އޭނާ ބުންޏެވެ.

އެކަމަކު، ގޭގައި ދިރިއުޅުނު އެންމެން ސަލާމަތްކުރެވުނު ކަމަށް އޭނާ ބުންޏެވެ. 

މުހައްމަދު ރަޝީދަކީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އައްޑޫގެ ނައިބު ރައީސް އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު