ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ކުޑަގިރި ޕިކްނިކް އައިލެނޑަށް ދެ އަހަރު ފުރުން ފާހަގަކޮށްފި
ހަސަން ހަލީމް
23 ފެބުރުއަރީ 2025 - 11:44
0
comments
ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކޮށްފި -- ފޮޓޯ އެޗްޑީސީ
Tweet
Telegram
މާލެ ސަރަހައްދުގެ ރައްޔިތުން ދަރުތު ދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި ކުޑަގިރި އަށް ދެ އަހަރު ފުރުން އިއްޔެ ފާހަގަކޮށްފި އެވެ.
ކުޑަގިރިއަށް ދެއަހަރު ފުރުމާ ގުޅިގެން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލާއި، ޗެއާމެން އަހްމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން މިއަދު ވަނީ ކުޑަގިރިއަށް ޒިޔާރާތްކުރައްވައި އެ ރަށުގެ އިންތިޒާމުތައް ބައްވަލާލައްވާފައެވެ.
އަދި ކުޑަގިރީގައި ހިޔާ ދޭ ބިޔަ ގަސްތައް މަދުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ކުޑަގިރީގައި ހިޔާދޭ ބިޔަ ގަސް އިންދުމުގެ ހަރަކާތެއް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި އަންނަ އޭޕްރޫލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ރެއެއްގެ 11:30 އަށް އިތުރުކުރުމަށް ނިންމާފައިވެ އެވެ. އޭގެ ބޭނުމަކީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ރާއްޖެއަށް ޓޫރިސްޓުން ޝައުގުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ކުޑަގިރީގައި ޑައިވް ސެންޓަރެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެއީ އެމްއެމްޕީއާރުސީ އާއި އެމްޓީސީސީއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތެއް ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މާލެއާ ކައިރި ފަޅެއް ހިއްކައިގެން ހެދި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވީ ފެބްރުއަރީ 11، 2023 ގަ އެވެ. ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ ދުވާލަކު 500-600 މީހުންނަށް އެ ރަށުން ހިދުމަތް ދެވޭނެ ގޮތަށެވެ.
ކުޑަގިރީގައި ހަތް ބީޗާ އެކު 13 ހަޓު ހުރެ އެވެ. މޫދު ކުޅިވަރަށް ހާއްސަ ވަސީލަތްތަކާއި މިސްކިތަކާއި ކްލިނިކަކާއި ފިހާރަ އާއި ޕްރައިވެޓް ރޫމާއި ޗޭންޖިން ރޫމާއި ފާހަނާ ހުރެ އެވެ. އެކި ކަހަލަ ރެކްރިއޭޝަން ހަރަކާތްތައް އޮވެ އެވެ. އިވެންޓުތައް ބާއްވަން ވެސް އެ ރަށަށް ކުއްޔަށް ދެ އެވެ.
މާލެ އިން އެ ރަށަށް ދޯނި ފެރީގައި ދެވެނީ ގަޑިއެއްހާއިރުންނެވެ. މާލެ އާއި ހުޅުމާލެއިން ވެސް އެ ރަށަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެޗްޑީސީން ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
މި އަހަރު ވެސް ރޯދައަށް އެޗްޑީސީން ހުޅުމާލެ ސާފުކުރަން ފަށައިފި
4 ދުވަސް ކުރިން
0
އެޗްޑީސީގެ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސަނަދު ދީފި
8 ދުވަސް ކުރިން
0
އެޗްޑީސީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފާއިދާއި ޔާމީން ވަކިކޮށްފި
9 ދުވަސް ކުރިން
0
ރައުންޑްއެބައުޓްތަކުގައި ބަގީޗާހައްދަން އެޗްޑީސީ އިން ނިންމައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ނިންމާލައިފި
4 ގަޑިއިރު ކުރިން
0
ރޯދައިން ފެށިގެން ބީއެމްއެލް ހުރިހާ ހިދުމަތެއް ޑިޖިޓަކޮށް ލިބޭ ގޮތް ހަދަނީ
4 ގަޑިއިރު ކުރިން
0
ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން
0
ފައިނު އެއާޕޯޓު ތަރައްގީކުރަން އެމްއޭސީއެލުން އެމްޓީސީސީއާ ހަވާލުކޮށްފި
6 ގަޑިއިރު ކުރިން
0