ވިޔަފާރި
އެމްޑީބީގެ ބޯޑުން އިތުރު މެންބަރަކު އިސްތިއުފާ ދީފި
ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް، އަހުމަދު އަލީ
ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އުފެއްދެވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ އިތުރު ބޯޑް މެންބަރަކު އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.

އެ ބޭންކުގެ ބޯޑުން އިސްތިއުދާ ދެއްވީ އަހުމަދު އަލީ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ އޭނަ، އިއްޔެ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ކުރިން މީރާގެ އިސް މަގާމުތައް އަދާކުރެއްވި އަޙްމަދު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ.

ބޭންކް އިފުތިތާހުކުރި ނަމަވެސް އަދި ރަނގަޅަށް މަސައްކަތްތައް ފަށައިގަނެވިފައިނުވަނީސް މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް އިސްތިއުފާދެއްވައިފައެވެ.

ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު