ޚަބަރު
ތިލަ އުތުރު ވޮލީ މުބާރާތް: މިއަދު ހަވީރު އިހަވަންދޫ ހޯރަފުށި، ފޯރި ގަދަވާނެ
ހއ. ހޯރަފުށީގައި ރޭ ފެށި "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި މިއަދު ހަވީރު އިހަވަންދޫ އަންހެން ވޮލީ ބޯޅަ ޓީމާއި ހޯރަފުށީ އަންހެން ވޮލީ ބޯޅަ ޓީމު ބައްދަލު ކުރާނެ އެވެ.

ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި މެޗް ފަށާނީ ހަވީރު 16:00 ގައި އެވެ. ރޭގަނޑު ކުޅޭ މެޗުގައި ދިއްދޫ ނުކުންނާނީ ރޭ ހޯރަފުށި އަތުން މޮޅުވި މުރައިދޫއާއި ދެކޮޅަށެވެ.  

މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ފޯރިގަދަ ކުޅުމަކަށް ފަހު ހޯރަފުށީ އަންހެން ވޮލީ ޓީމް އަތުން ސީދާ 3 ސެޓުން މޮޅުވެ މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު މުރައިދޫ އަންހެން ވޮލީ ބޯޅަ ޓީމް ހޯދިއިރު މުރައިދޫ އަންހެން ވޮލީ ޓީމަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެވެ. 

ފުރަތަމަ ސެޓުގައި ފޯރިގަދަ ކުޅުމަކަށް ފަހު މުރައިދޫން ފުރަތަމަ ސެޓު ގެންދިޔައީ 25-18 އިންނެވެ. ދެވަނަ ސެޓް ވެސް މުރައިދޫން ގެންދިޔައީ 25-18 އިންނެވެ. އަދި ފަހު ސެޓްގައި ހޯރަފުށީ އަންހެން ވޮލީ ބޯޅަ ޓީމުން ތަފާތު ހިތްވަރެއް ދެއްކި ނަމަވެސް މުރައިދޫން އެ ސެޓް ގެން ދިޔައީ 25-16 އިންނެވެ. 

"ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ.  

ހއ. ހޯރަފުށީގައި ހޯސްޓް ކުރާ މި މުބާރާތުގެ މަގްސަދާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު "ހޯރަ" އަށް ވިދާޅުވީ މި މުބާރާތް ހޯރަފުށީގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ހޯރަފުއްޓަކީ ޒަމާނުންސުރެ ވޮލީއަށް ޝައުގުވެރިވާ ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށްވުުން ކަމަށެވެ. 

ރޭ ފެށި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.  

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު