ދުނިޔެ
ހާމަނާއީ އަވާހަރަކޮށްލުމަށް އިސްރާއީލުން ރޭވި ކަމުގެ އަޑުތަކެއް!
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ --ފޮޓޯ: އޭއެފްޕީ
އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލަން އިޒްރޭލުން ރޭވި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބީބީސީގެ އެމެރިކާގެ ނޫސް ސީބީއެސްއަށް ދެއްވި އިންޓިވިއުއެއްގައި އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޚާމަނާއީ އަވަހާރަކޮށްލުމަކީ "ރަނގަޅު ޚިޔާލެއް ނޫން" ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޓްރަމްޕް ދެންނެވި އެވެ.

އިޒްރޭލްގެ އެތެރޭގެ ރިޕޯޓްތައް ބުނާގޮތުގައި ހާމަނާއީ އަވަހާރަ ކޮށްލަށް އިޒްރޭލަށް ފުރުސަތު ލިބުނެވެ. އެކަމަކު، އެކަން ނުކުރަން ޓްރަމްޕް އިޒްރޭލްގެ އޮފިޝަލުންނަށް ވިސްނަވައި ދެއްވި ކަމަށް ރޮއިޓަސް އިން ބުންޏެވެ.

އިސްރާއީލުން ފުރަތަމަ ހަމަލާ ދޭން ފެށީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހުކުރު ދުވަހުއެވެ. އޭގެ ފަހުން ދެ ގައުމުން ވެސް އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

އީރާންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ބައެއް ސައިންސްވެރިން މި ހަމަލާގައި އަވަހާރަ ވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. މި ހަމަލާގެ އެއް އަމާޒަކީ އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ކަމަށް އަޑު ފެތުރިފައި ވިޔަސް މިކަމާ ގުޅޭ ގޮތުން އިޒްރޭލް ބޮޑުވަޒީރު ބަންޖަމިން ނަތަންޔާހޫއާ ބުނީ ބައެއް ދޮގު ވާހަކަތައް ވެސް ފެތުރިފައިވާ ކަމަށެވެ.

"ހިނާގަފއިވާ ނެތް ކަންތައްތަކުގެ ވާހަކަތައް ވެސް ފަތުރާފައި އެބަހުރި ދޮގުގެ ގޮތުގައި. ތިކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް އެކަމުގެ ތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން،" ހާމަނާއީ އަވަހާރަ ކޮށްލަން ފުރުސަތު ލިބުނުތޯ ފޮކްސްގެ އިންޓަވިއުގައި ސުވާލު ކުރުމުން ނަތަންޔާހޫ ބުންޏެވެ.

"ނަމަވެސް ޔަގީންކަން އަރުވަން، އަހަރެމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަނަށް. އަހަރެމެން ކުރަންޖެހޭ ކަންކަން ކުރާނަން. އަހަރެން ގަބޫލުކުރާ ގޮތުގައި އެމެރިކާ އަށް ވިސްނޭނީ އެމެރިކާ އަށް އެންމެ މަސްލަހަތު ހުރި ގޮތަށް،" ނަތަންޔާހޫ ބުންޏެވެ.

ހާމަނާއީއަކީ އީރާންގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރެވެ. އަދި އެ ގައުމުގެ ރިވޮލިއުޝަނަރީ ކޮމާންޑްގެ ކޮންޓްރޯލް އޮންނަ ހާމަނާއަކީ އީރާންގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ ލީޑަރެވެ. އީރާނުން ނިންމާ ނިންމުންތަކަކީ އޭނާގެ ބެއްލެވުމުގެ ދަށުން ނިންމަވާ ނިންމެވުންތަކެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު