ޚަބަރު
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލަކަށް ޔާމީން އިދުރީސް
ޔާމީން އިދްރީސް - ފޮޓޯ: ސަން
ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އެސްޖީއަކަށް އައްޔަނުކޮށްފި އެވެ.

މިހާރު އަމިއްލަ ވިޔަފާރީގެ ތެރޭގައި އުޅުއްވާ ޔާމީން ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް އައްޔަންކުރީ މިހާތަނަށް އެ މަގާމުގައި ހުންނެވި މަރިޔަމް ޒީނިޔާ ވަކިކުރުމާ ގުޅިގެންނެވެ.

ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ޔާމީން ކުރިމަތިލެއްވީ އެ މަގާމަށް މީހަކު ހޯދަން އެ ކޮމިޝަނުން މި މަހުގެ ކުރީކޮޅު ހުޅުވައިލުމުންނެވެ.

މިދިޔަ މަހުގެ 25 ގައި ޒީނިޔާ މަގާމުން ވަކިކުރުމުގެ ކުރިން އޭނާ ހުރީ ތިން ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެވެ. އޭގެ ފަހުން ޒީނިޔާ މަގާމުން ވަކިކުރީ އެވެ.

އެސްޖީގެ މަގާމުގައި ކުރިން ހުރި ޒީނިޔާ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު