ޚަބަރު
މެލޭޝިޔާގައި ތައުލީމު ހާސިލު ކުރާ ބޭރުގެ ދަރިވަރުންގެ އަތުން ޓެކުހެއް ނަގަނީ
މެލޭޝިއާގައި ކިޔަވާ ހުރިހާ ބޭރު ދަރިވަރުން އަތުން ހަ ޕަސަންޓުގެ ޓެކްސްއެއް އަންނަ ޖުލައި 1، އިން ފެށިގެން ނަގަން ނިންމައިފި އެވެ.

މި ކަން ހާމަކޮށްފައި ވަނީ އެ ގައުމުގެ މާލީ ވުޒާރާއިން ޖޫން 9ވަނަ ދުވަހު ނެރުނު ބަޔާނެއްގަ އެވެ. މެލޭޝިޔާއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ގައުމެކެވެ.

އެ ގައުމުގެ ފިނޭންސް މިނިސްޓްރީން މިމަހުގެ ނުވަ ވަނަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ ޓެކްސްއަށް ބަދަލު ގެނައުމުގެ މަގުސަދަކީ، ގައުމުގެ ރައްޔިތުންނަށް މާ ބޮޑު ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ޓެކްސް ނަގާ ގޮތްތައް އިތުރުކުރުމާއި ގައުމުގެ އިގުތިސާދު ކުރިއެރުވުން ކަމަށެވެ.

އެ ބަދަލުގެ ދަށުން، ކޮންމެ ދަރިވަރަކަށް އަހަރަކު 60،000 ރިންގިޓް (218,542.95 ރުފިޔާ)އަށް ވުރެ ބޮޑު އަދަދެ ނަގާ ޕްރައިވެޓް ސްކޫލްތަކުން އެސްއެސްޓީއަށް ރެޖިސްޓާކުރަން ޖެހޭނެއެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، ރެޖިސްޓާ ކުރަން ޖެހޭނެއެވެ. ނަމަވެސް އެ ޓެކްސްއިން މެލޭޝިއާގެ ރައްޔިތުން އިސްތިސްނާ ވާނެއެވެ.

މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވެސް ކިޔަވަމުންދެ އެވެ. އެ ގައުމުން ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ ދަރިވަރުންނަށް އަސަރު ކުރާނެތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެކަމާ ގުޅިގެން މިހާތަނަށް ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެއްޗެއް ނުބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު