ޚަބަރު
ބިދޭސީންގެ ސިއްހަތާ ބެހޭ ސިޔާސަތު ރަސްމީކޮށް އިފްތިތާހުކޮށްފި
ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު މިއަދު އިފުތިތާހުކޮށްފި އެވެ.

މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އާންމު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ބިދޭސީންގެ ޞިއްޙަތާ ގުޅޭ ގައުމީ ސިޔާސަތު އަމާޒުކޮށްފައި ވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެއީ މުޅި ސަރުކާރާއި މުޅި މުޖުތަމަޢުގެ ނަޒަރިއްޔާތުތައް ބަދަލުކުރުމާއި ބިދޭސީންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިދިނުމާއި ސައްޙަ މަޢުލޫމާތު އެއްކުރުމާއި ބޭނުން ކުރުމާއި ނާޒުކުކަން ކުޑަކުރުމުގެ އިތުރަށް ނިޒާމުތައް ގާއިމުކުރުމެވެ.

ހެލްތް މިނިސްޓްރީން، ބިދޭސީންގެ ސިއްހަތާބެހޭ ގައުމީ ސިޔާސަތު ތަންފީޒުކުރެވިގެންދިއުމާއެކު، ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކޮށް ކަށަވަރުކުރުކުރެވިގެންދާނެކަމަށެވެ. އަދި އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ އެންމެނަށްވެސް ޚިދުމަތް ދެވިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު