
ސައީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އިންޑިއާގެ ކޮޗިންގަ އެވެ.ތުރާކުނުގެ ކުޑަ ކަތީބެއްގެ ގޮތުގައި ދައުލަތަށް 20 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ހިދުމަތްކުރައްވާފައިވެ އެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ހއ. ދިއްދޫގައި ހުރި އަތޮޅު ފިހާރައިގެ މެނޭޖަރުކަމާއި އުލިގަމު ކުޑަކަތީބުކަމުގެ އިތުރުން ވެސް ބައެއް މަގާމުތައް އަދާކުރައްވައިފަ އެވެ.ސައީދު އަބްދުﷲ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.