ޚަބަރު
ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވާ އެންމެންނަށް ލޯނު ދޭން އަންގައިފި
ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް (806 ދަރިވަރުން) ލޯނު ދޫކުރުމަށް ކަމާބެހޭ ވުޒާރާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލުކުރުމަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނަށް އެދި މިއަހަރު ކުރިމަތިލި ދަރިވަރުންގެ ވަގުތީ ނަތީޖާ ހިމެނޭ ލިސްޓު ހަޔާ އެޑިއުކޭޝަން އާންމުކުރީ މިއަދު އެވެ.

ސްޓޫޑެންޓް ލޯނަށް އެދި 1،338 ދަރިވަރުން ކުރިމަތިލިއިރު ޝަރުތު ހަމަވެފައިވަނީ 806 ދަރިވަރުންނެވެ.

ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް މިނިސްޓްރީތަކަށް އެންގިކަން ރައީސް މުއިއްޒު ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް (806 ދަރިވަރުން) ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ވާނީ ދަންނަވާފައި،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވި އެވެ. 

މިދިޔަ ސަރުކާރުގައި ވެސް ދެ ފަހަރެއްގެ މަތިން މިގޮތަށް، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުގެ ފުރުސަތު ދިނެވެ.

ސަރުކާރުން މިއަދު އާއްމު ކުރީ ލޯނު ލިބުނު މީހުންގެ ވަގުތީ ލިސްޓެވެ. އެ ލިސްޓަށް އަންނަ މަހުގެ 3ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު