ޚަބަރު
ސީއެސްސީގެ މެންބަރު ކަމަށް އަލުން ހުޅުވާލައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ތިން މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލައިފި އެވެ.

މި ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ފުރަތަމަ ހުޅުވައިލީ، މިމަހުގެ ހަވަނަ ދުވަހުއެވެ. އޭރު މި މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވަނީ މިމަހުގެ 20ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ، އަންނަ މަހުގެ 12ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލާން ހުޅުވައިލައިފަ އެވެ.

މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00އަށް ރައީސް އޮފީހުންނެވެ.

އެކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އެވެ.

ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ މީހުންގެ ތެރެއިން ރައީސް، މަޖިލީހަށް ފޮނުއްވާ ނަންތައް ދިރާސާކޮށް، ފާސް ކުރުމަށްފަހު ރައީސެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ 5 އަހަރުގެ މުއްދަތަކަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު