
އެ ދެ މަގާމަށް ދެބޭފުޅުން އައްޔަން ކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްކަން ނުވަތަ ނޫންކަން ކަނޑައަޅައި ދެއްވުން އެދި ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މަޖިލިހުގެ ރިޔާސަތުން ފޮނުވި އެވެ.ސީއެސްސީގެ ރައީސަކަށް އައްޔަން ކުރައްވަން މަޖިލިހަށް ނަން ފޮނުއްވި މުޖުތާޒު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.މީގެ އިތުރުން ސީއެސްސީގެ ނައިބުރައީސް ކަމަށް އައްޔަން ކުރައްވަން ހުށަހެޅުއްވި މުހައްމަދު ނާސިހް ވަނީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްގެ މަގާމު އަދާކުރައްވާފަ އެވެ.