ޚަބަރު
އޮޅުހިޔާގެ ކަރަންޓީނު ޖާގަ 100އަށް އިތުރުކޮށްފި
އޮޅުހިޔާގެ އަށް ބުޅާ އުފުލަނީ
އޮޅުހިޔާގައި އެއް ފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭ ގޮތަށް ޖާގަ އިތުރުކޮށް، އެ ފެސިލިޓީއަށް އިތުރު ބުޅާ ނެގުމުގެ މަސައްކަތް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ ބުޅާތައް ނެގުމުގައި ލަސްވުންތައް ކުރިމަތިވަނީ، ކަރަންޓީން އޭރިއާގައި ޖާގަ މަދުވުމުން ކަމަށެވެ. އަދި މިދިޔަ މަހުގެ 24ގައި އެ މިނިސްޓްރީން ވަނީ ކަރަންޓީނު ޖާގަތައް ފުލްވެފައިވާ ކަމަށް ވެސް ބުނެފަ އެވެ. އަދި ބުނީ، އެކި ފަހަރުމަތިން އޮޅުހިޔާގެ ޖާގަ އިތުރުކުރަމުން ގޮސް، މިހާރު 100 ބުޅާ އެއްފަހަރާ ކަރަންޓީން ކުރެވޭނެ ޖާގަ ތައްޔާރުކޮށްފައިވާ ކަމަށެވެ. 

މާލޭގެ އެކި ސަރަހައްދުތަކުން ވީއްލިގެން އުޅޭ ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މި އަހަރުގެ ފެބްރުވަރީ މަހުގެ 26ގައި އޮޅުހިޔާ ފެސިލިޓީއާ ހަވާލުވެ، ފުރަތަމަ 15 ބުޅާ ނެގިއެވެ. އޭގެ ފަހުން 30 ބުޅާ ނެގުމަށްފަހު، އިތުރަށް ބުޅާ ނެގުމުގެ މަސައްކަތް ކުރިޔަށް ނުގެންދާތީއާއި، ބުޅަލުގެ ސަބަބުން އާންމުންނަށް އުނދަގޫތަކާ ކުރިމަތިވާތީ ޝަކުވާވަނީ އިތުރުވެފަ އެވެ.



 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު