
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރީ މަސްވެރިކަމާ ބެހޭ އާންމު ގަވާއިދަށް ގެނައި ބަދަލަކުންނެވެ. އެ ގަވާއިދު 6:27 ގައި ވަނީ ގެޒެޓުކޮށް އަމަލު ކުރަން ފަށައިފަ އެވެ.ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުންް މިޔަރުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ބޭނުމާއި ހިފުމާއި މެރުމަކީ މަނާކަމެކެވެ. އެކަމަކު، ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ކަށިމިޔަރު އާއިލާގެ ހުރިހާ ބާވަތެއް ބޭނުން މިހާރު ހުއްދަވާނެ އެވެ.ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ މި ގަވައިދާއެކު، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރާނެ ގޮތުގެ ޕްލޭން ވެސް އާންމުކޮށްފަ އެެވެ.ކަށިމިޔަރުގެ މަސްވެރިކަމާ ބެހޭ ގަވައިދުގައިވާ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނ،ީ އެންމެ ގިނަވެގެން ޖުމުލަ 40 އުޅަނދަށެވެ. ކަނޑައަޅައިފައިވާ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަންނޯޓުކޮށް، ދަފުތަރު ކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.އަދި ލައިސަންސް ދޫކުރުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބަށް ކަމަށް ވެސް ގަވައިދުގައިވެއެވެ. ގަވައިދުގައިވާ ގޮތުން ލައިސަންސްގެ މުއްދަތަކ،ީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލެވެ. ލައިސަންސް އައުކުރަން ހުށަހަޅައިފައިނުވާ ނަމަ، ހުސްވާ ޖާގައަށް ލައިސަންސް ދޫކުރެވޭނ،ީ ދަފުތަރުގައިވާ ތަރުތީބުން ކަމަށް ވެސް ގަވައިދުގައި ވެއެވެ.ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގަ އެެވެ. އަދި ކަަށިމިޔަރުގެ މަސްވެރިކަން ކުރެވޭނ،ީ މިނިސްޓްރީން ކަނޑައަޅާ އިޢުލާނުކުރާ ގޮތެއްގެ މަތީން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން