
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުން މިއަހަރު ދޭ "ބޮޑު އިނާމެއް"ގެ ގޮތުގައި ދެ ސްޕީޑްބޯޓް ލިބޭ ޕްރޮމޯޝަނެއް ވަނީ އިއުލާނުކޮށްފަ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓު ދޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި ދެވަނަ ސްޕީޑްބޯޓު ދޭނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ.މި ހިތްގައިމު ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ. މި ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެ އެވެ.