ޚަބަރު
ކަރަންޓު ކެނޑިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓިއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސް މިއަދުގެ ޖަލްސާ ވެސް މެދުކަނޑާލަން ޖެހިއްޖެ އެވެ.

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އިތުރު އެއް ހަފްތާއަށް ދަންމާލަން މިދިޔަ ހަފްތާގައި ފާސްކުރުމަށް ފަހު މިއަދު ފެށި ޖަލްސާ މެދުކަނޑާލަން ޖެހުނީ ޖަލްސާ ފެށިތާ މާގިނައިރުތަކެއް ނުވެ އެވެ.

ޖަލްސާ ފެށުމަށް ފަހު، ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން އައްޔަންކުރަން ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ނިންމި އެވެ. ދެން ފެށީ އިންޝުއަރެންސް ބިލުގެ ބަހުސް އެވެ.

މަޖިލީހުން ކަރަންޓު ކެނޑުނީ ޖަލްސާގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވާހަކަ ދައްކަވަމުން ދަނިކޮށެވެ. އެކަމާ ގުޅިގެން ކަރަންޓު ލިބޭތޯ މެންބަރުން ތަޅުމުގައި ތިބުމަށް ފަހު ކަރަންޓް އަލުން ލިބޭ ގޮތް ނުވުމުން ފަހުން ތަޅުން ދޫކޮށް ވަޑައިގެންފައިވެ އެވެ.

ކަރަންޓު ކެނޑިގެން މަޖިލީހުގެ މަސައްކަތްތައް މިއަދު ހުއްޓުނުއިރު، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުން ވަނީ އާންމުވެފަ އެވެ.

އެންމެ ފަހުން ކަރަންޓު ދިޔައީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އޭގެ ކުރިން އޮގަސްޓު 9، ގައި ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. އެ ދުވަހު ކަރަންޓުގެ ހިދުމަތް އަނބުރާ ލިބުނީ ދެ ގަޑިއިރަށްވުރެ ގިނަ އިރު ފާއިތުވި ފަހުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު