ޚަބަރު
މަގު ހަދަން އެމްއެމްއާ ދިމާލުން މަގާއި ފަޅު ބަންދުކުރަނީ
މާލޭގައި ވަށައިގެން އޮންނަަ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް އެމްއެމްއޭ ކައިރިން އެ މަގުގެ އެެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގެ ފަޅު ވެސް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން މިއަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އެ މަގުގެ އެއްފަޅި ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގާ އިެުލާން ކުރީމެވެ،" އިއުލާންގައިވެ އެވެ.

މަގުގެ ބައެއް ބަންދުކުރާތީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ކައުންސިލުން ވަނީ މައާފަށް އެދިފަ އެވެ. 

ލޭގެ މަގުތައް ހެދުމުގެ މަސައްކަތްތަކުގެ ދަށުން ރަށުގެ ވަށައިގެންފައިވާ ބައެއް ހިސާބުތަކުގައި ތާރު އަޅައިފައިވާއިރު، އެހެން ބައެއް ސަރަހައްދުތަކުގައި އަދިވެސް އޮންނަނީ ގާ އަތުރައިފައެވެ. މާލޭގެ އިތުރު މައި މަގެއް ކަމަށްވާ އަމީނީ މަގުގައި ދުއްވުން ފަސޭހަ ކުރުމުގެ ގޮތުން ޒަމާނީ ފެންވަރަކަށް ހަދައި ނިންމީ މިދިޔަ އަހަރު ކަމުގައިވީ ނަމަވެސް، އެ ތާރުގަނޑުގައި 'މުލިހިތަކެއް' ފަދަ, ތަންގަނޑުގަނޑު އުފެދި، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ނުރައްކަލަކަށްވެފައިވާ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު