ޚަބަރު
ގާނޫނީ އަދަދު ހަމަނުވާތީ އަދީބުގެ އެމްޓީޑީ އުވާލަން ނިންމައިފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އޭނާގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ އުވާލަނީ
ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ގާނޫނުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީއަކަށް ވުމަށް 3،000 މެމްބަރުން ހަމަވާން ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން އެމްޓީޑީ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، މި މަހުގެ 31 ގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައި ނިންމުމަށް ވަނީ އެދިފަ އެވެ.

އެމްޓީޑީ އުފައްދާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 2272 މެމްބަރުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު