ޚަބަރު
މުހައްމަދު އުމަރު މަނިކުގެ ޣައިބަށް ކުރެވޭ ކަށުނަމާދު އަސްރު ނަމާދަށް ފަހު
މުހައްމަދު އުމަރު މަނިކު
ރާއްޖޭގެ އިގުތިސާދަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ފަތުރުވެރިކަމުގެ ދާއިރާ ތައާރަފުކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު އުމަރު މަނިކުގެ ޣައިބަށް ކުރެވޭ ކަށުނަމާދު އިއުލާންކޮށްފި އެވެ.

އެމްޔޫ މަނިކް އަވަހާރަވީ އުމުރުން 78 އަހަރުގައި ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 6:30 ގަ އެވެ.

އެމްޔޫ މަނިކްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސްރު ނަމާދަށްފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ.

އެމްޔޫ މަނިކްގެ ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަޞްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައެވެ.

އެމްޔޫ މަނިކް ވަނީ 1972ގައި ރާއްޖެއަށް ފުރަތަމަ ފަތުރުވެރިން ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ފުރަތަމަ ރިސޯޓު ތަރައްގީ ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ. މީގެ އިތުރުން، 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވެސް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

އެމްޔޫ މަނިކް އަވަހާރަވީއިރު އަނބިކަނބަލުންނާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު