ޚަބަރު
ހޯރަފުށީގެ ތަރައްގީގެ އަޑު މަޑުވެއްޖެ ކަމަށް ދާއިރާގެ މެންބަރު ވެސް އެއްބަސްވެއްޖެ
ހއ. ހޯރަފުށީގެ ތަރައްގީގެ އަޑު މަޑުވެއްޖެ ކަމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ މޫސާ ވެސް އެއްބަސް ވެއްޖެ އެވެ. 

ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. 

މިކަންކަމާއި ގުޅިގެން "ހޯރަ" އޮންލައިން އިން "ސަރުކާރު ފަޅިން ހޮވިގެން ތަރައްގީގެ އަޑު މަޑުވީ ކީއްވެ..؟ މި މައުލޫއަށް ލިޔުނު ރިޕޯޓެއްގެ ފޮޓޯއެއް ހިއްސާކޮށް ހޯރަފުށީ ދާއިރާގެ މެންބަރު އަލީ ވިދާޅުވީ ތަރައްގީގެ އަޑު މަޑުވީ ނިމުނު ސަރުކާރުން ގައުމު ދަރުވާލީމަ ކަމަށެވެ. ދެން އަލީ ދެއްކެވީ ކުރީގެ ސަރުކާރަށް ފާޑުކިޔަން ޕީއެންސީ އަށް ތާއީދު ކުރާ މީހުން ޝޯޝަލް މީޑީއާގައި އަބުރާ ފޮޓޯ އެކެވެ. 

އެއިން އެއް ފޮޓޯގައި ބުނަނީ "ރައީސް އިބްރާޙިމް ވަނީ ރެކޯޑް އަދަދަކަށް ފައިސާ ޗާޕުކޮށްފަ" ކަމަށެވެ.

ރައްޔިތުން މިއަދު ކުރާ ސުވާލަކީ ސަރުކާރު ފަޅިން ހޮވިގެން ތަރައްގީގެ އަޑު މަޑުވީ ކީއްވެ ހެއްޔެވެ..؟ ކުރިން ދާއިރާގެ ތަރައްގީގައި ސަރުކާރު އެމްޕީ ދެއްކި ހިއްވަރާ ފަންވަރު މި ހާރު ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ސަރުކާރު ލެންސުން ހޯރަފުށި ދާއިރާ "ގެއްލުނީ" ކީއްވެ ހެއްޔެވެ.؟ 

ނިމުނު ސަރުކާރުތަކުގެ ފަސް އަހަރުގެ ދައުރުތަކަކީ "މައި ސަރުކާރު"ގެ ލެންސަށް ހޯރަފުށި ދާއިރާ އެރި ދުވަސްތަކެވެ. މީގެ އިތުރުން ހޯރަފުށި ދާއިރާއަށް އަލުން އާރޯކަން ގެނައުމަށް ކުރީގެ އެމްޕީ އަހުމަދު ރަޝީދު ފެއްޓެވި މަސައްކަތުގެ ބިންގަލަކީ އެމަނިކުފާނަކީ "ސަރުކާރުން ދެއްކި މީހާ" އަށް ވުމެވެ. އެ ބިންގަލުގެ މަތިން ހޯރަފުށި ދާއިރާގެ ރައްޔިތުން މުހައްމަދު އިސްމާލް އިހްތިޔާރު ކުރެއްވީ ވެސް އެއިރުގެ ރާއްޖޭގެ ރައީސް ޔާމީން މުހައްމަދު އަތުގައި ހިއްޕެވުމުން ކަމަށެވެ. 

ނަތީޖާއަކީ ހޯރަފުށި ދާއިރާއަށް ފުލުހުންގެ ބޮޑެތި މަރުކަޒު ލިބި ނަރުދަމާ އެޅި ބޭންކްގެ ހިދުމަތާއިއެކު މުޅި ދާއިރާއަށް ލުއިފަސޭހަކަން ލިބުމެވެ. އަދި ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށި ދާއިރާ ތަމްސީލު ކުރެއްވި އަހުމަދު ސަލީމް އަކީ ވެސް ނިމުނު ރައީސް ސޯލިހުގެ ސަރުކާރުން ދެއްކި ކެންޑިޑޭޓް ކަމަށެވެ. 

މި ހަގީގަތުގެ މައްޗަށް ބަލައިގެން 20 ވަނަ މަޖިލީހަށް ވެސް ހޯރަފުށީ ދާއިރާ އަށް ރައްޔިތުން ވޯޓުދީ އިންތިހާބު ކުރީ "ސަރުކާރުން" ދެއްކި މީހާ އެވެ. ނަމަވެސް މިއަދު ހާލަތު ބަދަލު ވެއްޖެ އެވެ. ކުރިން ފެނުނު ސަރުކާރު މީހާގެ މޮޅެއް ދާއިރާއިން ނުފެނުނެވެ. ދާއިރާގެ އަޑު ކެޑިއްޖެ އެވެ. އެއާ ހިލާފަށް ގަދަވީ ތަރައްގީ ހުއްޓިއްޖެ އަޑެވެ. 

ކިޔުންތެރިންގެ ޝުއޫރު
80%
10%
10%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު