
މާހިރު ހައި ކޯޓަށް އައްޔަންކުރަން ނިންމީ މިއަދު އޮތް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ހައި ކޯޓަށް މާހިރު އައްޔަންކޮށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ވެސް މިއަދު ބޭއްވި އެވެ.މާހިރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ނޮވެމްބަރު ނުވައެއް، 2005ގައެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެވަޑައިގަތީ މެއި 23، 2010 ގައެވެ.ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް މާހިރު އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓަށް ޕްރޮމޯޓް ކުރެއްވުމުންނެވެ.ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 14 ބޭފުޅަކު ކުރިމަތިލެއްވި އެވެ.