
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 28 ޖެނުއަރީ 2024 ގައި އެކްސްގައި ވިދާޅުވީ، އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ކުރިއަށް ގެންދިޔުން އެމްއައިޑީއެފްޒެޑް އާ ހަވާލުކުރަން މިއަދު(28 ޖެނުއަރީ 2024)ގެ ކެބިނެޓު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ."މި ނިންމުމާ އެކު، އެމްއައިޑީއެފްޒެޑްއިން އެ ތަނުގައި ޕޯޓާއި ސްޓޯރޭޖް އަދި ރީއެކްސްޕޯޓު ޒޯނެއް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ،" އިތުރު ތަފްސީލެއް ނުދެއްވައި ސައީދު ވިދާޅުވި އެވެ.އިހަވައްދިއްޕޮޅުގައި ފެށި ބަންކަރިން ހިދުމަތާއި ޑޮލަރު ރޭޓް ފެންނަން ހުރި ގޮތުން މިނިސްޓަރު ސައީދުގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅީ ނުދެއްކުމެވެ. ނަމަވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައިގެން "ބައިސާ" ކަޑަމުން އުޅުއްވާތީ ނޫސްވެރިންގެ ލޮލުގައި އަޅައިގަންނަނީ އެވެ. ރައްޔިތުންނަށް ވާ ވައުދުތައް ނުފުއްދާ ނަމަ އެ ވާހަކަ ތިލަ ކުރުމަކީ ނޫސްވެރިންގެ ޒިންމާ އެވެ.