ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާއަށް ހޯރަފުށީ ސްކޫލް ހޯލު ނުދިން!
އަލީ އާމިރު
30 އޮކްޓޫބަރ 2025 - 14:07
0
comments
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ އަށް އެރަށު ސްކޫލް ހޯލު ތައްޔާރު ކުރެވިފައި
Tweet
Telegram
"ހޯރަފުށި ދުވަސް" ފާހަގަ ކުރުމަށް މި ރޭ ބާއްވާ ޖަލްސާ އަށް، ހޯރަފުށީ ސުކޫލު - ހއ. އަތޮޅު މަދަރުސާގެ ހޯލް ނުދިން މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ހއ. އަތޮޅު މަދަރުސާގެ ހޯލްގައި ޖަލްސާ ބޭއްވުމުގެ އެންމެހާ ތައްޔާރީތައް ނިމިފައި ވަނިކޮށް އެޑިއުކޭަޝަން މިނިސްޓްރީން ހޯލް ނުދޭން ނިންމިކަން ވަނީ އިނގިފަ އެވެ.
މި ކަމާއި ގުޅިގެން ކައުންސިލް އިސްވެރިއަކު "ހޯރަ" އަށް ވިދާޅުވީ ހޯރަފުށީ ދުވަަހުގެ ރަސްމީ ޖަލްސާއަށް ސްކޫލް ހޯލު ކުއްޔަށް ހިފުމަށް އެދި އޮކްޓޯބަރު 22 ވަނަ ދުވަހު ރަސްމީކޮށް އެދިފައި ވާނޭކަމަށެވެ. ނަމަވެސް މި ކަމުގައި ސަރުކާރުން މިއަދު ހެދުނާ ހަމައަށް ވެސް ބަހެއް ބަހެއް ނުބުނުމުން ޖަލްސާ ހއ. އަތޮޅު މަދަރުސާގެ ހޯލްގައި ބޭއްވޭ ގޮތް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯލް ސަރުކާރުން ނުދިނުމުން ޖަލްސާ އެ ރަށު ބަދަރުގައި ބާއްވަން ހަމަޖެހިފަވާއިރު، ކައުންސިލުން ވަނީ މި ހާއްސަ ޖަލްސާ ބޭއްވުމަށްޓަކައި ސްކޫލް ހޯލު ތައްޔާރުކޮށްވެސް ނިންމާފަ އެެވެ.
މި ޖަލްސާގައި އަކީ އެކި ދާއިރާ އިން ހޯރަފުއްޓަށް ހިދްމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޖަލްސާ އެކެވެ. މި ދިޔަ އަހަރު އޮތް ޖަލްސާގައި 92 ފަރާތަކަށް ވަނީ އެ ވޯޑް ދީފަ އެވެ.
މި ޖަލްސާގައި މައިގަނޑު 5 ދާއިރާއަކުން އިނާމު ދެ އެވެ. އޭގެ ތެރޭގައި ޝަރަފުވެރިކަމުގެ އިނާމު، މަތީ ދަރަޖައިގެ އިނާމު، ހިތްވަރު ދިނުމުގެ އިނާމު، ހާއްސަ ހިދުމަތުގެ އިނާމު އަދި ލައިފް ޓައިމް އެޗީވްމެންޓް އިނާމު ހިމެނެ އެވެ.
މި އަހަރުގެ ޖަލްސާގެ ދައުވަތު ހޯރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަލީ މޫސާގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް އަށާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަށް ވެސް ވަނީ ފޮނުވާފަ އެވެ. "ހޯރަ" މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގެ ދައުވަތު ފޮނުވުމުން މި ބޭފުޅުންގެ ޝުކުރު ވަނީ ކައުންސިލް އަށް އަރިސްކޮށްފަ އެވެ. ނަމަވެސް މި ޖަލްސާގައި ބައިވެރި ވަނީ ދައުވަތު ދެއްވި ކޮން ބޭފުޅުން ނެތް ކަމެއް އަދި ނޭނގެ އެވެ.
މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މި ރޭ 20:30 ގައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
26 ދުވަސް ކުރިން
0
މިފަހަރު ވެސް ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އިމްދާހު!
28 ދުވަސް ކުރިން
0
ވަހީދުގެ ހިދުމަތަށް ؛ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފު!
2 މަސް ކުރިން
0
ރައްޔިތުން އިތުބާރު ނުކުރީ ކީއްވެ ހެއްޔެވެ؟
2 މަސް ކުރިން
0
ވޯޓަކީ ހަމައެކަނި ފޮއްޓަކަށް ވައްޓާލާ ކަރުދާސްކޮޅެއް ނޫނެވެ!
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މީކާއިލް، ނަޝީދަށް މަރުހަބާ ދަންނަވައިފި
11 ގަޑިއިރު ކުރިން
0
ބޮޑު ބަދަލު ގެނައުމުގެ މަސައްކަތް މި ފެށުނީ: ފައްޔާޒު
12 ގަޑިއިރު ކުރިން
0
އިބޫގެ ޓީމު ބަލިކޮށް އެމްޑީޕީގެ ޗެެއާޕާސަނަކަށް އަންނި!
12 ގަޑިއިރު ކުރިން
0
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ނަތީޖާ ލިބެން ފަށައިފި، ކުރީގައި ނަޝީދު!
13 ގަޑިއިރު ކުރިން
0