
މި އިސްލާހު މަޖިލިހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. "ކޮންމެ ފަހަރަކު މީޑިއާތަކުގެ ފަލަ ސުރުހީއަށް ނޭރި ނަމަވެސް، މިސްކިތްތަކަށް ގެއްލުންދިނުން އާންމުވެއްޖެ. މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.އައްޑޫގެ މިސްކިތަކަށާއި މާލޭގެ ތޮއިބާ މިސްކިތަށް މި ފަހުން ވަނީ ހަމަލާ ދީފަ އެވެ. ތޮއިބާ މިސްކިތަށް ގެއްލުން ދިން މީހާއަކީ ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުންދިޔަ މީހެކެވެ.