ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އޮފީސް ހިންގުމަށާއި ބޭސްފަރުވާ އަށް ދައުލަތުން ފައިސާ ނުނަގަން: ޔާމީން
އިސްމާއިލް ރިޒާ
28 ނޮވެމްބަރ 2025 - 11:03
0
comments
ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީއެންއެފް
Tweet
Telegram
ރައީސްކަމުން ވަކިވިތާ ހަތް އަހަރުވީއިރު ކުރީގެ ރައީސުންނަށް ދޭ ބޭސްފަރުވާއާއި އޮފީސް ހިންގުމުގެ އެއްވެސް އިނާޔަތެއް ނަންގަވާފައި ނޯންނާނެކަމަށް، ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުالله ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
'ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު' މިހާރު އޮންނަ ގޮތުން އެއް ދައުރު އަދާކުރައްވާ ކުރީގެ ރައީސުންނަށް މަހަކު 275،000ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:
މާލީ އިނާޔަތް: 50،000ރ.
ދިރިއުޅޭނެ ތަނުގެ ހަރަދަށް: 50،000ރ.
އޮފީސް ހިންގުމުގެ ހަރަދަށް: 175،000ރ.
ސަރުކާރުން އިއްޔެ ވަނީ އެ އިނާޔަތްތަކުގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދަށް ދޭ 175،000ރ. އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް މަހަކު 25،000ރގެ އެލަވަންސެއް ދޭން ހަމަޖެއްސި އެވެ.
އޮފީސް ހިންގުމުގެ ހަރަދަށާއި ބޭސްފަރުވާ އަށް ދައުލަތުން ފައިސާ ނުނަންގަވާ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެހެނިހެން މާލީ އިނާޔަތްތައް އެ މަނިކުފާނަށް ދައުލަތުން ދޫކުރަމުން އަންނަކަން ފިނޭންސް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކަ އެވެ. އެ ގޮތުން ދިރިއުޅުއްވާ ތަނުގެ ހަރަދާއި މާލީ އިނާޔަތް ކޮންމެ މަހަކު ނަންގަވަ އެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ހިސާބުތަކަށް ބަލާއިރު ޔާމީން ދިރިއުޅުއްވާ ތަނުގެ ހަރަދާއި މާލީ އިނާޔަތުގެ ގޮތުގައި 8.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ވެރިކަން ބަދަލުވި ފަހު އަހަރު ކަމަށްވާ 2019 އިން ފެށިގެން ދިިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ އަހަރަކު 600،000ރ. ޔާމީނަށް ދައުލަތުން ދޫކޮށްފައި ވެ އެވެ. އަދި މާލީ އިނާޔަތަށް ވެސް ކޮންމެ އަހަރަކު ހަމަ އެ ވަރަށް އަންނަނީ ފައިސާ ދޫކުރަމުންނެވެ.
ވެރިކަން ބަދަލުވި އަހަރު ވެސް ދިރިއުޅުއްވާ ތަނުގެ ހަރަދަށް 73،000ރ. އަދި މާލީ އިނާޔަތަށް ވެސް 73،000ރ. ދައުލަތުން ޔާމީނަށް ދޫކޮށްފައި ވެ އެވެ.
ކުރީގެ ރައީސުންގެ ރެކޯޑުތަކަށް މިހާތަނަށް ބަލާއިރު ބޭސްފަރުވާގެ ހަރަދު އެއްވެސް ވަރަކަށް ދައުލަތުން ނުހޯއްދަވަނީ ޔާމީންގެ އިތުރުން ރައީސް މުހައްމަދު ވަހީދު އެކަންޏެވެ. އެކަމަކު، އޮފީސް ހިންގުމުގެ ހަރަދު ޔާމީން ފިޔަވައި ކުރީގެ ހުރިހާ ރައީސުން ނަންގަވަ އެވެ.
ޔާމީން ވިދާޅުވީ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެމަނިކުފާނަށް ވާނެ ގެއްލުމެއް ނޯންނާނެ ކަމަށެވެ. ބަދަލުގައި ގެއްލުންވާނީ ރައީސް މުއިއްޒަށް ކަމަށް، ޔާމީން ވިދާޅުވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ރައީސް ޔާމީންގެ ޕާޓީ އެއްްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
7 މަސް ކުރިން
0
ޕީއެންސީގެ ޖަލްސާއަށް މިރޭ ހެންވޭރުގެ ގިނަ މަގުތަކެއް ބަންދު ކުރަނީ
8 މަސް ކުރިން
0
ޕީއެންއެފްގެ ރައީސަކީ ޔާމީން، ނައިބުންނަކީ ޖަމީލާއި ޒެއިން
8 މަސް ކުރިން
0
ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މީދޫ ކައުންސިލް ރައީސްކަން ޕީއެންސީއަށް
6 މިނެޓް ކުރިން
0
ދ.މީދޫ ކައުންސިލް ރައީސް އިންތިހާބު: ގިނަ ބަޔަކު ވޯޓުލައިފި
9 ގަޑިއިރު ކުރިން
0
ވަތަނީ ހިދުމަތް ނިންމި 137 ދަރިވަރަކު ސިފައިންގެއަށް
9 ގަޑިއިރު ކުރިން
0
އިންތިހާބުގެ ނަތީޖާއިން ހާމަވީ ރައީސް ނަޝީދަށް އޮތް ތާއީދާއި ލޯބި!
9 ގަޑިއިރު ކުރިން
0