
ވެރިކަން ހޯދަން ގިނަ ވައުދުތަކެއް ރައީސް މުއިއްޒު ސަރުކާރުން މުޅި ރާއްޖެ ހިމެނޭހެން ހއ. ހޯރަފުށި ދާއިރާ އަށް ވެސް ވިއެވެ. މިއަދުގެ ސުވާލަކީ ކިތައް ވައުދު ވެއްޖެ ހެއްޔެވެ؟ އޭގެ ތެރެއިން ފުއްދުނީ ކިތައް ވައުދު ހެއްޔެވެ؟ މިއީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ދަނޑިވަޅު ކޮންމެ މީހަކު ވެސް ވިސްނާލަން ރަނގަޅު ކަމެކެވެ.ހޯރަފުށީ ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވާން ދާއިރު ވެސް ހޯރަފުށީގެ ސިއްހީ ނިޒާމް އޮތީ ރައްޔިތުން "އިތުބާރު" ނުކުރާ ހިސާބެއްގައި އެވެ. ސުވާލަކީ ރައީސް މުއިއްޒު ވެރިކަމުގައި ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ ހިދުމަތް ދެވޭވަރު ވާނެ ބާ އެވެ؟!؟!؟!؟