ޚަބަރު
ސަރުކާރުގެ އިދާރާތަކަށް ވަކި ނަމްބަރުތަކެއް ކަނޑައަޅައިފި
ސަރުކާރު އިދާރާތަކުން ފޮނުވާ ސިޓީތަކުގައި ބޭނުން ކުރުމަށް، ކޮންމެ އިދާރާއަކަށް ވަކި ނަމްބަރުތަކެއް ކަނޑައަޅައިފި އެވެ.

މިކަން ހަމަޖެއްސެވިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގައި އާއްމު ކުރެއްވި ދެންނެވުމެއްގައެވެ.

މީގެތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލްތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އިޖުތިމާއީ އަދި އާއިލީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ކަަނޑަޅުއްވާފައިވާ ނަންބަރުތައް ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވްސް މެރީން ރިސާޗް އިންސްޓިޓިއުޓް، ގައުމީ ދާރުލްއާސާރު އަދި ނޭޝަނަލް އާޓް ގެލެރީވެސް މީގެތެރޭގައި ހިމެނެއެވެ.

ޖުމްލަ 445 އިދާރާއަކަށް ސަރުކާރުން ނަމްބަރު ދީފައި ވެ އެވެ. ނަމްބަރުތައް ދީފައިވަނީ 691 އިން ފެށިގެން 1135އާ ހަމައަށެވެ.

ސަރުކާރުން ބުނީ އެ އިދާރާތަކުން ސިޓީ ލިޔާއިރު، ހާއްސަކޮށްފައިވާ ނަމްބަރު ޖަހަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު