ޚަބަރު
މަސްވެރިންގެ އިހުތިޖާޖު: ބަންދުކުރި އެންމެން ދޫކޮށްލައިފި
މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފުލުހުން ރޫޅާލައި ބައެއް މީހުން ހައްޔަރުކުރި އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭގެ ތެރެއިން ތިން މީހަކު ފަސް ދުވަހަށް ބަންދުކުރުމުގެ އަމުރު ދީފަ އެވެ.

އޭގެ ތެރޭގައި، އިހްތިޖާޖުގައި އިސްކޮށް އުޅުއްވި ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ. ނަމަވެސް މައުރޫފްގެ ސިއްހީ ހާލަތަށް ބަލައި އޭނާ ވަނީ އާދީއްތަ ދުވަހު ބަންދުން ދޫކޮށްލައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ބުނީ، ބަންދުގައި ތިބި އެންމެން އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.

މުަޒާހަރާ ތެރެއިން ބޮޑުކަންނެލި މަސްވެރިންގެ ކުރި މައިގަނޑު ތިން ޑިމާންޑެކެވެ. އެއީ:

  • ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުން

  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުން

  • މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި އައިސް ލިބޭނެ ގޮތް ފަހިކޮށްދިނުން

މިކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ބޮޑުކަންނެލި މަސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ. އަދި ދެ ހަފްތާ ތެރޭ މައްސަލަތައް ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު