ޚަބަރު
ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލަކަށް އިމްތިޠާއު
ޒަކާތު ކައުންސިލުން، މޯލްޑިވްސް ޒަކާތު ހައުސްގެ އައު ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް އިމްތިޠާއު އައްބާސް އައްޔަންކުރައްވައިފި އެވެ.

ޝައިޚް އިމްތިޠާއު މަގާމަށް އައްޔަންކޮށްފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު، އެ ފަރާތްތަކުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަގާމަށް އައްޔަނުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އެ ބޭފުޅާކަމަށް ޒަކާތު ކައުންސިލުން ނިންމާފައިވާތީ އެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމަށް އައްޔަނުކުރުމުގެ ކުރިން، އިމްތިޠާއު ހުންނެވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

އެވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމާއި، ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ އިސް މަގާމުތަކާއި ލަފާއަރުވާ ރޯލުތައް ޝައިހު އިމްތިޠާއުވަނީ އަދާކުރައްވާފަ އެވެ. އަދި ޒަކާތު ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއާގެ މަޤާމުވެސް އައްޝައިހު އިމްތިޠާއު ވަނީ އަދާކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު