ޚަބަރު
ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ އައިންތު މިސް ނިޔާވެއްޖެ
ތައުލީމީ ދާއިރާއަށް ދިގުމުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ އާމިނަތު ހަސަން (އައިންތު މިސް) ނިޔާވެއްޖެ އެވެ. ނިޔާވީއިރު އުމުރުފުޅަކީ 58 އަހަރެވެ. 

ވަރަށް ދިގު މުއްދަތަކަށް އަމީނިއްޔާ ސުކޫލުގެ ދިވެހި މުދައްރިސުކަން ކުރެއްވި އައިންތު މިސް ނިޔާވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މުދައްރިސުންގެ ޖަމިއްޔާ އުފެއްދުމުގައި އިސްކޮށް އުޅުއްވި އައިންތު މިސްގެ ޚިދުމަތް އެހެން ސުކޫލުތަކަށް ވެސް ލިބިފައިވެ އެވެ.

އައިންތު މިސް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިލައްވާފަ އެވެ. މާފަންނު މެދު ދާއިރާއަށް ކުރިމަތިލެއްވީ ވަރުގަދަ އެޖެންޑާއަކާއެކު އެވެ. އެގޮތުން ހަތަރު ދުވަސް މަސައްކަތްކޮށްފައި ތިން ދުވަސް ޗުއްޓީއާ ދިއުމަށް ވަކާލާތު ކުރެއްވި އެވެ. ނަމަވެސް އިންތިހާބުގައި ކާމިޔާބުވާ ގޮތް ނުވީ އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުކަން ކުރައްވައިފައިވާ އައިންތު މިސް ޑިގްރީ ނިންމަވައި 2018 ވަނަ އަހަރު އަދާ ކުރެއްވީ އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަމެވެ.

އައިންތު މިސް ވަކިވެގެން ދިއުމަކީ މުޅި ތައުލީމީ ދާއިރާއަށްވެސް ލިބުނު ނިކަމެއްތި ކަމެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. 
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު