ޚަބަރު
ގޯއްޗާއި ފުލެޓަށް އެދި މިހާތަނަށް 1616 ފޯމު ހުށަހަޅައިފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ހުޅުވާލުމުން 1،600 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7،605 އެޕްލިކޭޝަން ޑްރާފްޓް މަރުހަލާގައި އެބައޮތް ކަމަށެވެ.

މިހާރު ހުށަހަޅައިފައިވަނީ ފްލެޓަށް އެދި 1،160 ފޯމު ކަމަށާއި، ގޯއްޗަށް އެދި 456 ފޯމު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 18ވަނަ ދުވަހެވެ.

ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ޖެހޭނީ އީފާސްލޮގިން މެދުވެރިކޮށް އެ ކަމަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު