ޚަބަރު
ކައުންސިލް އިންތިހާބާ ގުޅޭ މައްސަލަތަކެއް ސުޕްރީމް ކޯޓަށް
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ، ލޯކަލް ކައުންސިން އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކީ، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް، ފާޠިމަތު ސޫޒަން، ލަކުސަވީ، ކ. ތުލުސްދޫ ހުށަހެޅި މައްސަލައަކާއި، ޢަބްދުލްމަޖީދު، ރިނދަލިގެ، ކ. ގުރައިދޫ ހުށަހެޅި މައްސަލައެކެވެ. 

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ފާޠިމަތު ސޫޒަން ހުށަހެޅި މައްސަލައަކީ އެންމެ ފުރަތަމަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނުގަނެ، ބޭރުކޮށްލާފައިވާ މައްސަލައެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެ މައްސަލަ ބެލުމުގެ އިހުތިސާސް ނެތް ކަމަށް ބުނެއެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް ގާނޫނުގައިވާ ގޮތުން ހުށަހަޅަން ޖެހޭނީ ހައިކޯޓަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ކެންޑީޑޭސީއާ ގުޅޭ މައްސަލަތަކެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ދެ މައްސަލައަކީ ވެސް ކެންޑިޑޭސީއާ ގުޅޭ މައްސަލަތަކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު