ހަސަން ހަލީމް
21 ފެބުރުއަރީ 2026 - 23:49
0 comments
އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރުފުރުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ފާހަގަކޮށްފި އެވެ.
މިކަން ފާހަގަކޮށްފައިވަނީ މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގަ އެވެ.
އެއާ އިންޑިއާއަކީ ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރި އިންޑިއާގެ ފުރަތަމަ އެއާލައިން އެވެ. އެމްއޭސީއެލުން ބުނީ، އެ އެއާލައިން ރާއްޖެ އަށް ދަތުރުކުރާތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން، މިއަދު ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓަށް ވޯޓާ ސެލިއުޓެއް ދީ، 139 ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. ފަސިންޖަރުންނަށް ރާއްޖެ އިން މަރުހަބާ ކިޔުމުގެ ގޮތުން ދިނީ ފިނިފެންމަލާއި ކުކީސް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެއާ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 21 ފެބްރުއަރީ 1976 ގައެވެ.އިންޑިއާއަކީ ރައްޖެއަށް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް އަންނަ ގައުމެކެވެ. ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 ގައުމުގެ ތެރޭ އިންޑިއާ ހިމެނެ އެވެ.