އިސްމާއިލް ރިޒާ
25 ފެބުރުއަރީ 2026 - 15:58
0 comments
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރުމަކީ ރިޔާސީ ނިޒާމު އެއްކޮށް މަސްހުނިވެ ގަޑުބަޑު ވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނޫއަަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.އެކަން އެގޮތަށް ކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ. އެ ވޯޓް ނެގުމަށް ނިންމާފައި ވަނީ:
- އެޕްރީލް 4 ވަނަ ދުވަހު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާ އެކު
"ޅަ އިހަލަކުން ނާޅާތި. ދެ އިންތިޚާބު އެއްކޮށްލަން ވޯޓު ނުލާތި." އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ވިދާޅުވި އެވެ.ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ރުހުން ހޯދަން ބާއްވާ ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް މަސައްކަތް ކުރަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފާސްކޮށްފަ އެވެ.
އަދި އެޕާ ޓީން މިއަދު ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އެ ގަރާރުގެ ދަށުން، ފެންނަ ނުފެންނަ ވޯޓު ނެގުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ.އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާގޮތުގައި ރާއްޖޭގައި ބާއްވާ މި ދެއިންތިހާބަށްވެސް އެވްރެޖްކޮށް ކޮންމެ އިންތިހާބަކަށްވެސް 100 މިލިޔަނެއްހައި ރުފިޔާ ހަރަދުކުރަންޖެހެ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް އެކަނިވެސް 120 އަކަށް މިލިޔަން ރުފިޔާ ހަރަދުކުރެވިފައި ވެއެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ މާލީގޮތުން ދުރުރާސްތާއަށް ބަލާއިރު ހުރިހާ ފަރާތަކަށްވެސް މީގެ ފައިދާކުރާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެ އެވެ.