ޚަބަރު
އިންޑޮނޭޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ
މާލެއާ 2،500 ކިލޯމީޓަރު ދުރުން މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުމާ ގުޅޭގޮތުން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ ވެރިރަށް މާލެއާ ގާތްގަނޑަކަށް 2581 ކިލޯމީޓަރު ދުރަށެވެ.

ބިންހެލުން އައި ސަރަހައްދާއި ރާއްޖެއާ ހުރި ދުރުމިނަށް ބަލައި، މެޓް އޮފީހުން ވަނީ މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ކަހަލަ ސީދާ ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްދީފަ އެވެ.

އިންޑޮނޭޝިއާއަކީ އާންމުކޮށް ބިންހެލުންތައް އަންނަ ސަރަހައްދެކެވެ. މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް އޭގެ އަސަރު ފޯރާފައެއް ނުވެއެވެ. މެޓް އޮފީހުން ދަނީ މިފަދަ ކަންކަން ވަރަށް ގާތުން މޮނިޓާ ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު