ޚަބަރު
ކެމިކަލް ގުދަނުގައި ރޯވި ސަބަބު ހޯދަން ހާއްސަ ތަހުގީގެއް ފަށައިފި
ޕްރައިމް ފާޓިލައިޒާސް ގުދަނުގައި ރޯވެ އަނދައި ހުލިވުން - ފޮޓޯ: އަދަދު
ޕްރައިމް ފާޓިލައިޒާ މޯލްޑިވްސްގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ހާއްސަ ތަހުގީގެއް ފަށައިފި އެވެ.

އަލިފާން ރޯވެފައި ވަނީ "ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ ގުދަނެއްގަ އެވެ.

ރޭ ގާތްގަނޑަކަށް 10 ޖަހާއިރު ހިނގި މި ހާދިސާގައި އެ ގުދަން ވަނީ އެއްކޮށް އަނދާ އަޅިއަށްވެފަ އެވެ. އެތަނުގައި އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްގެ އިތުރުން ދަނޑުވެރިކަން ކުރާ ސާމާނާއި ޖަނަރޭޓަރެއްވެސް ހުއްޓެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެތަނުގައި ރޯވި އަލިފާން ނިއްވުމުގައި އުޅުނު ސިފައިންގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

މި ހާދިސާގައި ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި ޕިކަޕަކަށާއި ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު