ޚަބަރު
ޑޮލަރުން ލިބުނު އާމްދަނީ 15 ޕަސެންޓް އިތުރުވެއްޖެ
ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 15 ޕަސެންޓް އިތުރުވެއްޖެ އެވެ.

މާޗް މަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން އެ މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ ޖުމްލަ އާމްދަނީ އަކީ 512،444،534 ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީ އަށް ވުރެ 15 ޕަސެންޓްގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ޑޮލަރުން ލިބުފައި ވަނީ 441،847،516 ޑޮލަރެވެ.

މިދިޔަ މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި އެންމެ ބޮޑުބައެއް ހިއްސާ ކުރަނީ ޓީޖީއެސްޓީ އާއި ޑީޕާޗަ ޓެކުހާއި އިންކަމް ޓެކްހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އެވެ.

ޑޮލަރުން ލިބުނު އާމްދަނީ:

* ޓީޖީއެސްޓީ: 269 މިލިއަން ޑޮލަރު
* އިންކަމް ޓެކްސް: 56 މިލިއަން ޑޮލަރު
* ލޭންޑް އެކިއުޒިޝަން އެންޑު ކޮންވާޝަން ފީ: 35 މިލިޔަން ޑޮލަރު
* ގްރީން ޓެކްސް: 47 މިލިއަން ޑޮލަރު
* އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 37 މިލިއަން ޑޮލަރު
* ޑިޕާޗާ ޓެކްސް: 36 މިލިއަން ޑޮލަރު

ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗު މަހު ލިބުނު އާމްދަނީގެތެރޭގައި 208 މިލިޔަން ޑޮލަރު ހިމެނެ އެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 178 މިލިޔަން ޑޮލަރާ އަޅާ ބަލާއިރު 16 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮަލަރަށް އަރާފައެވެ. މިއީ 2024ވަނަ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާ ބަލާއިރު 37 ޕަސެންޓް އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު